އޮޅުވާލައިގެން އޭގެ ނާޖާއިޒު ފައިދާ އެއް ނަގާފައެއް ނޯންނާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމައްޗަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އިސްދޫ އަށް ވަޑައިގެން ވާހަފުޅު ދައްކަވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ކަންކަން ކުރަމުން ދަނީ އޮޅުވާލުމުގެ އުސޫލުންކަން ހާމަކުރައްވާ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅުގައި ކަންތައް ކުރެއްވި ގޮތަށް ވަނީ އިޝާރާތް ކުރައްވާފައެވެ.
އެގޮތުން އިންތިހާބަށް އެންމެ ފަހު ދެ ތިން ދުވަހަށް ވެފައި ވަނިކޮށް، ޔާމީންގެ ސަރުކާރުން ރަށްރަށުގެ ސިއްހީ މަރުކަޒުގެ ނަން ބޯޑުތައް ހޮސްޕިޓަލަށް ބަދަލުކޮށް، ހިދުމަތްދޭ ގަޑިތައް ބަދަލުކުރަމުން ދިޔަކަން ފާހަގަކުރައްވާ ވިދާޅުވީ އޭރު އެ ތަންތަނުގައި މުވައްޒަފުންނާއި ވަސީލަތްތައް ހަމަނުވާ ކަމަށެވެ.
އެހެންވެ، އެކަމުގެ ހުރިހައި ތަކުލީފަކާއި އެ ހުރިހާ އުނދަގުލެއް ތަހައްމަލުކުރަން ޖެހުނީ މި ސަރުކާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ޔާމީންގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ ތަފާތު ދައްކަވަމުން ވިދާޅުވީ ކޮވިޑުން ސަލާމަތްވުމުގެ ގޮތުން ޖަހާ ވެކްސިން ނުޖެހުމަށް އިދިކޮޅުން ބުނަމުން ގެންދިޔަ ކަމަށެވެ. އެކަމަކު އެފަރާތްތަކުން ވެސް ސިއްރުން ވެކްސިން ޖަހާފައިވާ ކަމަށް ވިދާޅުވިއެވެ.
އޮޅުވާލައިގެން ނޫނިއްޔާ އިދިކޮޅުން އެއްވެސް ކަމެއް ކުރަން ނޭނގޭނެ ކަމަށް ވިދާޅުވެ، އޭގެ ބަދަލުގައި އަދުގެ ސަރުކާރުން ކަންކަން ކުރަމުން ދިޔައީ ހާމައަށް، ދެފުށް ފެންނަގޮތަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮވިޑުގެ ދުވަސްވަރު ސަރުކާރުން ކުރި ހުރިހާ ހަރަދެއްގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ކޮންމެ ދެ ހަފްތާއަކުން ފޮނުވަމުން ދިޔަ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!