މަޖިލިހުގެ މައިނޯރިޓީ ލީޑަރަކީ ސިރާޖު، މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީވެއްޖެ
ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރަކީ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ ސިރާޖު ކަން އިއުލާންކޮށްފިއެވެ. މަޖިލިހުގެ އިދިކޮޅު އެމްޑީޕީގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ އަށް ބަދަލުވުމާ ގުޅިގެން މަޖިލިހުގައި ސިޔާސީ ޕާޓީތައް އަލުން ތަމްސީލް ކުރާ ގޮތްތައް ވަނީ އިއުލާންކޮށްފައެވެ. މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީގެ ދަފްތަރުގައި ހިމެނިވަޑައިގަންނަވާ 12 މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަން އަންގަވާފައިވާ...