ހއ. ހޯރަފުށީ ހޮސްޕިޓަލް އާ އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޮއިންޓް ވެންޗަ ވިތު ފްލެކްސިން ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
rt

ހއ. ހޯރަފުށީ ހޮސްޕިޓަލް އައު އިމާރާތުގެ އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ޖުމްލަ އަގަކީ 85,736,587.55 ރ. ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހެލްތު މިނިސްޓްރީން އަންނަނީ ރަށްރަށުގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެކި ރަށްރަށުގައި ހޮސްޕިޓަލް އާ އިމާރާތްތަކާއި އެކްސްޓެންޝަންގެ މަސައްކަތްތައް ކުރަމުންނެވެ.