ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ބައެއް ކައުންސިލަރުން އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
މިރޭ އެމްޓީޕީން ކުރި ޓުވީޓެއްގައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ލަތީފް އާއި, އެ ސިޓީގެ މޭޔަރ އަދި, ޑެޕިއުޓީ މޭޔަރަ އަދި 3 ކައުންސިލަރުން ސޮއި ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީ ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާގެ ކުރީގެ އަކްރަމް މުޙައްމަދުވެސް އަލިން އެޕާޓީއާއި ގުޅިފައިވާ ކަމަށެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު @YasirLathyf, ސިޓީގެ މޭޔަރ @ArthifKFCity, ޑެޕިއުޓީ މޭޔަރަ @AliAhumadh, އަދި 3 ކައުންސިލަރުންނާއި, އެމްޑީޕީ ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާގެ ކުރީގެ ރައީސް @akrams_akey ވަނީ ޕާޓީ އާއި ގުޅިވަޑައިގެންފި.#IbuAslam2023#UfaaveriAmaanRaajje pic.twitter.com/zpoaBBRp9W
— MDP Secretariat (@MDPSecretariat) August 15, 2023
މެމްބަރު ޔާސިރު އެމްޑީޕީ ދޫކޮށްލެއްވީ ޑިމޮކްރެޓްސްގެ ހަރަކާތްތަކާ ދުރުގައި އުޅުއްވުމަށްފަހު އެވެ. ސޮއިކުރެއްވި މެންބަރުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމްޑީޕީގެ އިސްވެރިން ބައިވެރިވި އެވެ.
މި ފަސް އަހަރުގެ ތެރޭ ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތައް އެދެވޭ ބާރުމިނެއްގައި ކުރިއަށް ގޮސްފައިނުވާކަމަށް ބުނެ އެޕާޓީ ދޫކޮށް ދިޔަތާ މާގިނަ ދުވަސްތަކެއް ވެފައިނުވާއިރު، އަލުން އެމްޑީޕީއަށް ސޮއިކުރެއްވި ސަބަބު ސާފެއް ނުވެ އެވެ.
މެންބަރު ޔާސިރާއި ހުރިހާ ކައުންސިލަރުން އެމްޑީޕީން ވަކިވެ ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށް ފަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!