މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

ޤާސިމް ފޯމު ހުށަހަޅުއްވަން އިންތިޚާބީ މައި މަރުކަޒު ދަރުބާރުގެއަށް ވަޑައިގަތީ ޖޭޕީގެ މައި ޖަގަހަ ކުނޫޒުން ހިންގަވާފައެވެ.

Ad
rt

ޤާސިމާއި ރަނިންމޭޓް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް ގިނަ އަދަދެއްގެ ސަޕޯޓަރުނާއެކު ކުނޫޒުން ނުކުންނެވީ ހެނދުނު 10:20 ގައެވެ. އެއަށްފަހު މަޖީދީމަގުން އިރަށް ވަޑައިގެން ބޮޑުތަކުރުފާނު މަގުން ހިންގަވާފައި ވަޑައިގެން އަމީނީ މަގުން ދަރުބާރު ގެއަށް ވަޑައިގަތީ 11:00 ހާއިރު އެވެ.

ޤާސިމާއި ރަނިން މޭޓް އަމީނާ އެކު ހިނގަމުން ދިޔަ ސަޕޯޓަރުން ވަނީ ހަރު އަޑުން ‘’ޤައުމީ ކެންޑިޑޭޓް’’ ގޮވާފައެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު 14:00 އަށް ހަމަވާނެއެވެ.