ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، މާދަމާ ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެކަން ހާމަކުރެއްވީ ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފެވެ.

Ad
rt

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި ރައީސް ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާނީ މާދަމާ ކަމަށެވެ.

ރައީސްގެ މިދަތުރުފުޅުގެ ކަންކަން ހަމަޖެއްސެވުމަށް ފުވައްމުލަކު ސިޓީގެ ކެމްޕެއިން ކޯޑިނޭޓަރ އަދި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވަނީ މަޖިލިސް މެންބަރުންނާއި ސިޓީ މޭޔަރާއި ފުވައްމުލައް ސިޓީ ކެމްޕެއިން ޓީމުގެ މެމްބަރުނާއިއެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މިހައިތަނަށް ވަނީ ށ، މ އަދި ވ އަތޮޅަށް ޒިޔާރަތްކުރައްވާފައެވެ.