ސަރުކާރުން ބޭނުންވާގޮތައް ސްކޫލްތަކުގައި ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ނުލިބުމަކީ ޓީޗަރުން ބަދުނާމު ކުރަންޖެހޭ ސަބަބެއްނޫން ކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުލް ޤާދިރު (ހަސަނާ) ވިދާޅުވެއްޖެއެވެ.
ހަސަނާ މިހެން ވިދާޅުވީ، ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުނުކުރެވޭ ގޮތަށް ޓީޗަރުންނަށް ސުލޫކީ މިންގަނޑެއް އެކުލަވާލައި އެކަން އާންމުކުރެއްވުމުން އެކަމަށް ފާޑުވިދާޅުވަމުންނެވެ.
އެކަމަށް ފާޑުވިދާޅުވެ މީސްމީޑިއާގައި ހަސަނާ ވިދާޅުވީ، ސަރުކާރުން ބޭނުންވާގޮތަށް ސްކޫލްތަކުގައި ސިޔާސީ ހަރަކާތްތަށް ހިންގުމަށް އިންކާރު ކުރުމަކީ ސަރުކާރުން ޓީޗަރުން ބަދުނާމު ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
''ޤައުމު ބިނާކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްބަޔަކީ ޓީީޗަރުން'' ހަސަނާ ވިދާޅުވެފަވެއެވެ.
ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުނުކުރެވޭ ގޮތަށް ޓީޗަރުންނަށް ސުލޫކީ މިންގަނޑު އެކުލަވާލުމުން ހަސަނާ އެކަމަށް ފާޑުވިދާޅުވިއިރު، މި މަހު 24 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން އާންމު ކުރެއްވި ޓީޗަރުންގެ ސްލޫކީ މިންގަނޑުގެ އުސޫލުގައި ބުނެފައި ވަނީ އޭގެ ބޭނުމަކީ ޓީޗަރުންގެ ފަންނީ އަހުލާގާއި އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާ އެކު، ޒަމާނުއްސުރެ ރާއްޖޭގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމް އިތުރުކޮށް، ދެމެހެއްޓުން ކަމަށެވެ.
މައިގަނޑު ހަތް އަސާސެއްގެ މައްޗަށް އެކުލަވާލާފައިވާ މި އުސޫލުގެ ދަށުން ކިޔަވައިދިނުމުގެ މާހައުލަކީ ބިރުދެއްކުންތަކާއި ތަފާތުކުރުންތަކާއި ބުލީކުރުން ފަދަ ނޭދެވޭ އަސަރުކުރާ ކަންތައްތަކުން ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ ބޭނުމެއް ކަމަށް މިނިސްޓްރީން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!