ގްރޭޓާ މާލޭ ސަރައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި މާލޭގެ މައި ހޮސްޕިޓަލްތައް ފުރިއްޖެ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕޓަލް (އައިޖީއެމްއެޗް) އާއި މާލޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭ ހޮސްޕިޓަލުން ވަނީ އިއްޔެ އިން ފެށިގެން ޑޮކްޓަރަށް ދައްކާ ކުދިން އިތުރުވެ ހޮސްޕިޓަލްތަކުގެ އެމެޖެންސީ ރޫމް ފުރިފައިވާތީ ފަރުވާ ދިނުމަށް ހާއްސަަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށް ބުނެފަ އެވެ.

Ad
rt

މީގެ އިތުރުން ސިފައިންގެ ހޮސްޕިޓަލް، ސެނަހިޔާ އާއި ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ވެސް ގިނަ އަދަދެއްގެ ކުދިންނަށް ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ގްރޭޓާ މާލޭ ސަރައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރިފައިވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބޭރަށް ބޭރަށް ހިންގުމާއި ހޮޑުލުން ކުއްލިއަކަށް ގިނަވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ރޯގާއި ގުޅިގެން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއްދީ، ގިނައިން އަތްދޮވުމަށާއި، ބަލި ޖެހިއްޖެނަމަ ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށް ބައެއް ޑޮކްޓަރުން ވަނީ މީސްމީޑިއާގައި ނަސޭހަތްތެރިވެފައެވެ.