ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ 1989 ޖަމިއްޔާ އެއް އުވާލުމުގެ ކުރިން އެ ޖަމިއްޔާތައް އުވާލުން ހުއްޓުވައިދިނުމަށް އެދުމުގެ ފުރުސަތުދީ އެކަން ޢާންމުކޮށް ކުރި ޢިއުލާން މިރޭ ބާތިލުކޮށްފިއެވެ.
އެ އިޢުލާން ބާތިލުކުރިކަން ހާމަކޮށް ޔޫތު މިނިސްޓްރީން މިރޭ ކުރި ޢިއުލާނެއްގައި ވިދާޅުވީ 1989 ޖަމިއްޔާއެއް އުވާލުމުގެ ކުރިން އެ ޖަމިއްޔާތައް އުވާލުން ހުއްޓުވައިދިނުމަށް އެދުމުގެ ފުރުސަތުދީ އެކަން ޢާންމުކޮށް ކުރި އިޢުލާނާ ގުޅިގެން، އިދާރީ ގޮތުން ބަލަންހުރި ކަންކަން އަދި ހުރުމުގެ ސަބަބުން އެ ޢިއުލާން ބާތިލުކޮށްފައިވާ ކަމަށެވެ.
ޖަމިއްޔާތަކަކަށް ފަހު ފުރުސަތު ދިން ޢިއުލާނާއި ގުޅިގެން ފަހު ފުރުސަތު ދިން ބައެއް ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފަހު ފުރުސަތު ދިން ޖަމިއްޔާތަކުގެ ލިސްޓްގައި ސަލަފް ޖަމިއްޔާއާއި، މައުމޫން ފައުންޑޭޝަން ފަދަ ޖަމިއްޔާތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!