ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް, މިނިވަން 58ގެ ނަމުގައި ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނިގޮތުގައި، މިނިވަން ދުވަހާއި ކުރިއަށް އޮތް ޗުއްޓީތެރޭގައި އާއިލާއާއި އެކުވެރިންނާ ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް އަދި ޕޯސްޓަޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ތައާރަފުކުރި މި ޕެކް މެދުވެރިކޮށް މުޅި ދުވަހަށް 58 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ. އެންމެ 50 ރުފިޔާއަށް ލިބޭ މި ޕެކޭޖް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެއެވެ.

Ad
rt

މީގެ އިތުރުން، *929 1# އަށް ގުޅުއްވައިގެން ނުވަތަ D50 ޖެހުމަށްފަހު 5555ށް އެސްއެމްއެސް ކުރުމުންވެސް މި ޕެކޭޖް އެކްޓިވޭޓް ކުރެވޭނެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، މި ހާއްސަ އޮފާއަކީ މިނިވަންދުވަހުގެ އުފާވެރި މުނާސަބަތުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ޗުއްޓީ ތެރޭގައި އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލައި، ޗުއްޓީގެ އުފާވެރިކަން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރެވުނު ހާއްސަ އޮފާއެއް ކަމަށެވެ.

އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ މި ހާއްސަ އޮފާ މާދަމާއިން ފެށިގެން 31 އޮގަސްޓް 2023ގެ ނިޔަލަށް ނެގޭނެއެވެ.