ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީނާއި ބައްދަލުކުރުމަށް މާފުށީ ޖަލަށް ދިޔަ އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ޔާމީނާ ބައްދަލުކުރެވޭގޮތް ނުވުމުން، އެ ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ޔާމީނާ ބައްދަލުކުރެވޭގޮތް ނުވީ ޔާމީންގެ ވަކީލުންގެ ޓީމުން ޔާމީނާއި ބައްދަލު ކުރުމަށް ދިޔައިރު، ގެންދިޔަ ފައިލް ދައްކަން ދެކޮޅު ހެދުމުން ކަމަށެވެ.

Ad
rt

އެ ކޯލިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޔާމީންގެ ވަކީލުންގެ ޓީމާއި ބައްދަލު ކުރުމަށް ވަގުތު ދިނުމަށް ފަހު، ވަކީލުން މާފުއްޓަށް ވަޑައިގެންނެވުމުން ހޯމް މިނިސްޓަރު އިމްރާންގެ އެންގުވުމަށް ބައްދަލުވުމަށް ހުރަސް އަޅައި، އެމަނިކުފާނުގެ ވަކީލުންނަށް ބައްދަލު ކުރުމުގެ ފުރުސަތު ދީފައި ނުވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެެވެ.

މިކަމާއި ގުޅޭ ގޮތުން ކަރެކްޝަނުން ބުނީ ޖަލަށް އެއްވެސް އެއްޗެއް ވެއްދޭނީ ޗެކްކޮށްފައި ކަމަށާއި ޔާމީންގެ ވަކީލުންނަށް މިއަދު އެ މަނިކުފާނާ ބައްދަލުނުކުރެވުނީ ޖަލަށް ވައްދަން އުޅުނު ބައެއް ތަކެތި ދައްކަން ދެކޮޅު ހެދުމުން ކަމަށެވެ.

ގައިދީންނާ ބައްދަލުކުރަން ދާ ގާނޫނީ ވަކީލުން ޖަލަށް ވައްދަނީ އެ ގައިދީއެއްގެ މައްސަލައާއި ގުޅޭ ލިޔުންތައް ތޯ ޖަލު އޮފިސަރުން އަބަދުވެސް ބަލާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.

މިކަމާއި ގުޅިގެން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިިގަންނަވާ ޝިޔާޒް ވިދާޅުވީ ވަކީލާއި މުވައްކިލާ ދެމެދު އުފައްދާ ލިޔެކިޔުމަކީ ވަކީލުންގެ ފަންނަނުގެ ގާނޫނުގެ 38 ވަނަ މާއްދާ އިން ހިމާޔަތް ލިބިގެންވާ ލިޔެކިޔުން ކަމަށާއި އެ ލިއުންތައް ބެލުމުގެ ހައިސިއްޔަތެއް ޖަލު އޮފިސަރުންނަށް ލިބިގެން ނުވާ ކަަމަށެވެ.