މާލޭގެ ގެއެއްގެ ތެރޭގައި ގޭސް ފުޅިއެއް ގޮވައި، އަންހެނަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މ. ދިލީވިލާގައި ކަމަށެވެ.

Ad
rt

ގޭސް ފުޅިއެއް ގޮވައިގެން، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އެ އިދާރާ އަށް ރިޕޯޓް ލިބިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށާއި މި ހާދިސާ ހިނގާފައި ވަނީ ގޭސް ލީކް ވެފައި ހުއްޓާ އުނދުން ރޯކޮށްގެން ކަމަށް ބެލެވޭ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ އެ ހާދިސާގައި ފިހިގެން އަނިޔާލިބުނު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށާއި ފިހިފައިވަނީ އޭނާގެ މޫނު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.