ރާއްޖޭގައި އެންމެފަހުން ވުޖޫދުވި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 4045 މީހުންނަށް ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެ ޕާޓީން ބުނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ސުންގަޑި މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ހަމަވާނެ ކަމަށެވެ.
އެހެންކަމުން ލިންކް މެދުވެރިކޮށް، ޝަކުވާ ބަލައިގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހު ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިިމީ ލިސްޓު ޝާއިއުކުރާނީ މާދަމާ ކަމަށް ވެސް ބުނެއެވެ.
ދަ ޑިމޮކްރެޓްސް' ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ މި ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މި ޖުލައި މަހުގެ 28 ވާ ހުކުރު ދުވަހުގެ މެންދުރު 2 ން އިރުއޮއްސި 6 ޖަހަންދެންނެވެ.
"ދަ ޑިމޮކްރެޓްސް" އިން މި ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރުހުޅުވައިލާފައިވާ އިރު، މިހައިތަނަށް އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!