ކޮންމެ އުމުރާނީ މަސައްކަތަކުން ރައްޔިތުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ "ފަސޭހަ ވިޔަފާރި" ސިޔާސަތު ލޯންޗްކުރުމަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ތުޅާދޫ ގައި ވާހަކަފުޅުު ދައްކަވަމުންނެވެ.

Ad
rt

އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ރާއްޖޭގައި މިހާރުގެންގުޅޭ އުސޫލު ގޯސްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ބޮޑެތި އުމްރާނީ މަސައްކަތްތަކުން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭގެން މަސައްކަތަކުން އާމްދަނީއަށް އަސަރުކުރާ މިންވަރު ފާހަގަވުމަށް ގިނަ އަހަރުތަކެއް ނެގުން ކަމަށެވެ.

މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭނީ ހުރިހާ ކަމެއް ތައްޔާރުވުމަށްފަހު ކަމަށާއި އެކަމަކު މިހާރު ހުރިހާ މަޝްރޫއުތައް ހިންގަނީ އަމާޒެއް ނެތި، އަދި އެންމެ ބޮޑު އަގުގައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޑިމޮކްރަޓުންގެ ވިސްނުމަކީ އުމްރާނީ މަސައްކަތް ކުރަމުންދާއިރު، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުން ކަމަށާއި ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ކުރިއަށްގެންދާ އުމްރާނީ މަޝްރޫއުތަކުގެ ބޭނުން ނުހިފޭނެ ކަމަށް ވެސް ވިދާޅުވިއެވެ.