"ދަ ޑިމޮކްރެޓްސް"ގެ "ފަސޭހަ ވިޔަފާރި" ސިޔާސަތު މިއަދު 36 ރަށެއްގައި އިފްތިތާހުކުރުމަށް ނިންމައި، ޓީމުތައް އެރަށްތަކަށް ދަތުރު ފަށައިފިއެވެ.

މި ދަތުރުގައި މިމަހު 13 ވަނަ ދުވަހު އެ ޕާޓީއަށް ސޮއި ކުރެއްވި ރައްޔިތުންގެ މަޖިލިސްގެ ރައީސް، އެމްޑީޕީގެ ކުރީ ރައީސް މުޙައްމަދު ނަޝީދު ވެސް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންމެވެ. މިގޮތުން ނަޝީދު މިހާރު ގެންދަވަނީ ބ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ.

Ad
rt

ދަ ޑިމޮކްރެޓްސްގެ "ފަސޭހަ ވިޔަފާރި" ސިޔާސަތު އިފްތިތާހުކުރުމުގެ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބ. ތުޅާދޫ ގައެވެ. މި ޖަލްސާ ވީޓީވީން ލައިވް ކުރަން ނިންމާފައިވާއިރު ޖަލްސާ ފަށަން ހަމަޖައްސާފައި އޮތީ މިރޭ 20:30 ގައެވެ.

ޑިމޮކްރެޓުންގެ "ފަސޭހަ ވިޔަފާރި ސިޔާސަތު" އިފްތިތާހްކުރުމުގެ ހަރަކާތް އޮންނަ ރަށްތައް

  • ހއ. ހޯރަފުށި އާއި ދިއްދޫ
  • ހދ. ކުޅުދުއްފުށި ސިޓީ އާއި ހދ. ވައިކަރަދޫ
  • ށ. ބިލެތްފަހި، ށ. މިލަންދޫ އަދި ށ. ކޮމަންޑޫ
  • ނ. ކެނދިކުޅުދޫ އަދި ނ. ކުޑަަފަރި
  • ރ. އުނގޫފާރު، ރ. ދުވާފަރު އަދި ރ. މަޑުއްވަރީ
  • ބ. ތުޅާދޫ
  • ޅ. ނައިފަރު އަދި ޅ. ކުރެންދޫ
  • ކ. މާފުށި، ކ. ގުރައިދޫ
  • މާލެ ސިޓީ
  • އއ. ރަސްދޫ، އއ. ތޮއްޑޫ، އއ. އުކުޅަސް، އއ. މާޅޮސް އަދި އއ. ހިމަންދޫ
  • އދ. މާމިގިލި އަދި އދ. މަހިބަދޫ
  • ވ. ކެޔޮދޫ
  • ފ. ބިލެތްދޫ އަދި ފ. މަގޫދޫ
  • ދ. ކުޑަހުވަދޫ
  • ތ. ގުރައިދޫ
  • ލ. ގަން އަދި ލ. އިސްދޫ
  • ގއ. ވިލިނގިލި، ގއ. ދާންދޫ އަދި ގއ. ގެމެނަފުށި
  • ފުވައްމުލަކު ސިޓީ
  • އައްޑޫ ސިޓީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާ ދަ ޑިމޮކްރެޓްސް އިން ވަނީ އެ ޕާޓީ ވުޖޫދުވުމާއެކު ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށްފައެވެ.

ދަ ޑިމޮކްރެޓިކްސް ރަޖިސްޓްރީކޮށް، އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފުތަރުގައި މި ޕާޓީ ހިމަނާފައިވަނީ މި ޖުލައި މަހުގެ 12 ގައެވެ. މި ޕާޓީއަކީ ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އިސްވެ ތިއްބަވާ އުފައްދާފައިވާ ޕާޓީއެކެވެ. އެ ޕާޓީގެ ފައުންޑާ އަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ.