ފިއްލަދޫ ސްޕޯރޓްސް އެކެޑަމީ އިން އިންތިޒާމު ކޮށްގެން ވައި-ޑީ-ޕީ ކުދިންގެ މެދުގައި ފުޓްބޯޅަ އަދި ހޭންޑްބޯޅަ މުބާރާތެއް ބާއްވައިފިއެވެ.
މި މަހުގެ 6 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަަަަށް ގެެންދެވުނު މި މުބާރާތް އަމާޒު ކޮށްފައިވަނީ 12 އަހަރުން ދަށް އަދި 17 އަަހަރުން ދަށުގެ ފުޓްބޯޅަ އަދި ހޭންޑްބޯޅަ ކުޅޭ ކުދިން ނަށެވެ.
ފުޓްބޯޅަ މުބާރާތުގައި 12 އަހަރުން ދަށުގެ އުމުރު ފުރާއިން ސުޕަ ކިޑްސް ޗެންޕިއަންކަން ހޯދީ ވާދެވެރި ޖުޕިޓާރ ޖޫނިއާސް 4 ގޯލް 1 ގޯލުން ބަލިކޮށް ކޮށްގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާ ސުޕަ ކިޑްސް ގެ އަލީ ޒާއިން ވަނީ 11 ގޯލް ޖަހައިގެން އެންމެގިނަ ގޯލުޖެހި ކުޅުންތެރި އަކަށްވެސް ހޮވިފަ އެވެ.
މި އުމުރު ފުރާއިން މުބާރާތުގެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައި ވަނީ ;
-އަލީ ޒާއިން(ސުޕަ ކިޑްސް)
- އަލީ ޝިމާއު (ސުޕަ ކިޑްސް)
- ޔަޝާލް (ސުޕަ ކިޑްސް)
- ޝަމްވީލް (ޔަންގް އެޓޭކާސް)
- އަބުދުﷲ އަމީރު (ޖުޕިޓަރ ޖޫނިއާސް)
މޮޅު ކޯޗުގެ މަޤާމު ހޯދާފައި ވަނީ ސުޕަ ކިޑްސް ގެ ކޯޗް އަބުދު ﷲ ޖަމީލު އެވެ.

ފުޓްބޯޅަ މުބާރާތުގައި 17 އަހަރުން ދަށުގެ އުމުރު ފުރާއިން ޗެންޕިއަންކަން ރެޑް ސުނެޕާރ ހޯދީ ވާދެވެރި ގުރީން ޖައެންޓް 3 ގޯލު 1 ގޯލުން ބަލި ކޮށްގެން ނެވެ.މެޗްގެ މޮޅު ކުޅުންތެރި އަކަށް ހޮވުނު ރެޑް ސުނެޕާގެ ހަސަން އަފުޒަލް, 4 ގޯލް ޖަހައިގެން އެންމެގިނަ ގޯލުޖެހި ކުޅުންތެރި އަކަށްވެސް ވަނީ ހޮވިފައެވެ. .މި އުމުރު ފުރާއިން މުބާރާތުގެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައި ވަނީ
-ހަސަން އަފްޒަލް (ރެޑް ސުނެޕާރ)
-މުހައްމަދު ފިރުދައުސް (ރެޑް ސުނެޕާސް)
-ހޫދު މުހައްމަދު ޚަލީލް (ރެޑް ސުނެޕާސް)
-އަހުމަދު ޢީމާން (ގުރީން ޖައެންޓް )
-އަހުމަދު އާހިލް (ގުރީން ޖައެންޓް )
-އަހުމަދު މިޝަލް މުހައްމަދު (ބުލޫ ވޭވްސް)
ހޭންޑުބޯޅަ މުބާރާތުގައި 12 ދަށުގެ އުމުރު ފުރާއިން ޗެންޕިއަންކަން ލިޓިލް ކުއީން ހޯދީ ފައިނަލްގައި ޔުނިކޯން އަތުން މޮޅުވެގެން މެވެ.ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ލިޓިލް ކުއީނުގެ ޒީން ހަސަން ސަމީރު އެވެ. 24 ގޯލް ޖަހައިގެން އެންމެގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޔުނިކޯން ގެ އައިޝަތު ޢީން އާތިފު އެވެ.މި އުމުރުފުރާއިން އެންމެ މޮޅު 7 ކުޅުންތެރިން ހޮވިފައި ވަނީ;
-އައިޝަތު ޢީން އާތިފު (ޔުނިކޯން)
-ޒީން ހަސަން ސަމީރު (ލިޓިލް ކުއީން)
-އައިން(ލިޓިލް ކުއީން)
-އައިމިނަތު އިޝާ ނަސީމް (ލިޓިލް ކުއީން)
-މާހީ އަބުދުލް ވާހިދު (ޔުނިކޯން)
-ލުޔޫން (ޔުނިކޯން)
-ނަވްރާ (މާމެއިޑް)
މޮޅު ކޯޗުގެ މަޤާމު ހޯދާފައި ވަނީ ލިޓިލް ކުއީންގެ ފާތިމަތު ޒާހިރާ އެވެ.
ހޭންޑުބޯޅަ މުބާރާތުގައި 17 އަހަރުން ދަށުގެ އުމުރު ފުރާއިން ޗެންޕިއަންކަން ޓުވިންކަލްސް ހޯދީ ފައިނަލްގައި ކުއީން ބީސް ގެ މައްޗަށް ކުރި ހޯދައިގެން ނެވެ.ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓުވިންކަލްސްގެ ހިމްޔާ ހުސެން ލަތީފު އެވެ.15 ގޯލް ޖަހައިގެން އެންމެގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވުނީ ކުއީންބީސް ގެ ޝާނިޔާ އަހުމަދު އެވެ.މި އުމުރުފުރާއިން އެންމެ މޮޅު 7 ކުޅުންތެރިން ހޮވިފައި ވަނީ;
-ޝާނިޔާ އަހުމަދު (ކުއީންބީސް)
-މިއުޝާ (ކުއީންބީސް)
-ހިމްޔާ ހުސެން ލަތީފު (ޓުވިންކަލްސް)
-ނީމް (ޓުވިންކަލްސް)
-ޝައުނާ (ޓުވިންކަލްސް)
-ރައުނާ (ޓުވިންކަލްސް)
-ނަބާ (ކުއީންބީސް)
މޮޅު ކޯޗުގެ މަޤާމު ހޯދާފައި ވަނީ ޓުވިންކަލްސް ގެ މުހައްމަދު ޖައުފަރު އެވެ.
މިއީ ފިއްލަދޫ ސްޕޯރޓްސް އެކަޑެމީގެ ވައި ޑީ ޕީ ކުދިންނަށް ކުޅިވަރުގެ ވާދަވެރިކަމުގެ ތެރެއިން ހުނަރުވެރިކަން އިތުރު ކުރުމަށް މި މުބާރާތްތައް ބާއްވާ ދެވަނަ އަހަރެވެ. ފިއްލަދޫ ސްޕޯރޓްސް އެކެޑެމީގެ މަޤުސަދަކީ ކުޅިވަރުގެ ތެރޭން އެކުދިންނަކީ މުޖުތަމައު ބަލައިގަންނާނެ ފަދަ ހަރުދަނާ ބަޔަކައްހެދުމާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!