ޗެލްސީއަށް ކުޅެމުންއައި އެމެރިކާގެ ފޯވާޑް ކްރިސްޓިއަން ޕްލިސިޗް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެގެ ދަށުން އޭސީ މިލާނަށް ސޮއިކޮށްފިއެވެ.
އުމުރުން 24 އަހަރުގެ ޕްލިސިޗް މިލާނާއި ގުޅިފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 20 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައެވެ. މިލާނުން ޕްލިސިޗްގެ އެއްބަސްވުން ހަދާފައިވަނީ އެ ކުލަބުން ބޭނުން ވެއްޖެނަމަ އިތުރު އެއް އަހަރު އެއްބަސްވުމަށް އިތުރު ކުރެވޭ ގޮތަށެވެ.
ޕްލިސިޗް މިލާނަށް ބަދަލުވެ މިހާރު އެ ޓީމާއިއެކު ވަނީ ފަރިތަކުރުންތައް ވެސް ފަށާފައެވެ. މިލާނަށް ބަދަލުވ އޭނާ އެ ކުލަބަށް ތަޢާރަފްކުރަން ބޭއްވި ކޮންފަރެންސްގައި ވާހަކަ ދައްކަމުން އޭނާ ބުނީ ޗެލްސީގައި ހޭދަކުރި ފަހު ސީޒަންތަކަކީ އުންދަގޫ ދުވަސްތަކެއްކަމަށާއި، އެ ދުވަސްތަކުގައި އޭނާ ކުޅެން ބޭނުންވީވަރަށް އެ ފުރުޞަތު ލިބިފައި ނުވާކަމަށެވެ. ޗެލްސީ ދޫކޮށް މިލާންފަދަ ބޮޑު ޓީމަކަށް ބަދަލުވެވުމަކީ ރަނގަޅު ފުރުޞަތެއްކަމުގައި އޭނާ ދެކެއެވެ.
ޕުލިސިޗް ވަނީ ޗެލްސީއަސް 145 މެޗު ކުޅެ 26 ލަނޑު ޖަހާފައެވެ. ޗެލްސީއާއިއެކު އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބަކީ 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ.
ޕުލިސިޗް ޗެލްސީއަށް ގެނެސްފައި ވަނީ 2019 ވަނަ އަހަރު ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުންނެވެ. ޗެލްސީން އޭނާ ގެނައުމަށް 57.6 މިލިއަން ޕައުންޑް ހަރަދު ކުރިއެވެ. އޭނާ އަކީ އެންމެ އަގުބޮޑުކޮށް ޓީމް ބަދަލުކުރި އުތުރު އެމެރިކާގެ ކުޅުންތެރިޔާއެވެ.
މި ޓްރާންސްފާ މާކެޓްގައި އެންމެ ގިނަ ކުޅުންތެރިން ދޫކޮށްލި ޓީމަކީ ޗެލްސީއެވެ. އެ ޓީމުން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޑޭވިޑް ޑެޓްރޯ ފޮފާނާ ޔޫނިއަން ބާލިންއަށް ދޫކޮށްލާފައެވެ.
މީގެ އިތުރުން ކައި ހަވާޓްޒް އާސެނަލްއަށް، މޭސަން މައުންޓް މެންޗެސްޓާ ޔުނައިޓެޑަށް އަދި ކޮވެސިޗް މެންސިޓީއަށް ޗެލްސީން ވަނީ ވިއްކާލާފައެވެ. އަދި ކީޕަރ މެންޑީއާއި ކަންޓޭގެ އިތުރުން ކަލިދޫ ކުލިބާލީ ވަނީ ސައުދީ ލީގަށް ބަދަލުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!