ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވައިފިއެވެ.
އެ މަނިކުފާނު އެ ޕާޓީއަށް ސޮއި ކުރެއްވީ އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ އެ ޕާޓީގެ ފުރަތަމަ ޖަލްސާގައެވެ.
ދަ ޑިމޮކްރެޓްސް އަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުމުގެ ސަބަބުން، ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ފިކުރެއްގެ ދިރުމުގެ ނަމުގައި އުފެދުނު ފެކްޝަނުން އުފެދުނު ޕާޓީއެކެވެ.
ރަޖިސްޓްރީކޮށް، ޕާޓީއަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފުތަރުގައި ހިމަނާފައިވަނީ މި ޖުލައި މަހުގެ 12 ގައެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އިސްވެ ތިއްބަވާ އުފައްދަން މަސައްކަތް ފަށާފައިވާ މި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައި ވަނީ 21 މެއި 2023 ގައެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އީސީއިން އެ ޕާޓީ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދިނީ 24 މެއި 2023 ގައެވެ.
އެ ޕާޓީ ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ފޯމުތައް ހަމަކޮށް، 3,560 މެންބަރުންގެ ފޯމާއެކު އީސީ އަށް ހުށަހެޅީ 1 ޖޫން 2023 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!