ގެއްލިގެން ހޯދަމުން ދިޔަ ދިވެހި ހައްޖާޖީ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިޔަކު ކަމުގައިވާ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ (72) ނިޔާވެފައިވާ ކަމަށެވެ.
މަރުޙޫމު މުޙައްމަދު ނަސީމު ޢަލީ ވީނުވީއެއް ނޭނގި ގެއްލުނީ ޙައްޖު މަހުގެ 8 ވަނަ ދުވަހުގެރޭ މިނާ ޓެންޓުން ނިކުތް ފަހުންނެވެ.
މުޙައްމަދު ނަސީމް ޢަލީ ހޯދުމަށް ދިވެހި ޙައްޖު މިޝަނާއި، ސަޢުދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި، އަލްޙަރަމައިން ކުންފުނިން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުއެވެ.
މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ދަންނަވަމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީމް ނިޔާވެފައި އޮއްވާ ފެނުނީ ނޫ ފަރުބަދަ (ހިރާ ހޮހަޅަ ހުންނަ ފަރުބަދަ) ކައިރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!