ސިފްކޯ ހިޔާ ޓަވަރު ކައިރީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

އެންއެމްޑީއެފް އިން މިހެން ވިދާޅުވީ ހުޅުމާލޭ ޕޮލިސް އަދި އެމްއެންޑީއެފް ފްލެޓުގެ ބޭނުމަށް ގެނެސްފައި ހުރި ކޮންސްޓްރަކްޝަން ތަކެތީގައި އަލިފާން ރޯވެގެން އުޅޭ ކަމަށް ބުނެ ޓްވިޓާ ގައި ދައުރުވަމުން ދާ ވީޑިއޯ އާ ގުޅިގެން 'ތިލަދުން' އިން ސުވާލު ކުރުމުންނެވެ.

Ad
rt

އެ އިދާރާ އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ އެތަނުގައި ހުރި ކަރުދާސްތަކެއްގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 11:33 ހާއިރު ކަމަށާއި 11:37 ގައި އެ ސަރަހައްދަށް އެޓެންޑުވެފައިވާ ކަމަށެވެ.

އަލިފާން ނިއްވާލާފައިވަނީ 11:43 ގައި ކަމަށާއި އެއްވެސް މީހަކަށް އަދި ތަކެއްޗަށް ވެސް ގެއްލުމެއް ނުލިިބޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.