ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސްގެ ދެ އިވެންޓަކުން ރާއްޖެ ރަން މެޑަލް ހޯދައިފިއެވެ.

ރާއްޖެއިން ރަން މެޑަލް ހޯދީ ބެޑްމިންޓަން އަދި 100 މީޓަރު ދުވުމުންނެވެ.

Ad
rt

މި މުބާރާތުގައި ޑިވިޝަން އެކެއްގެ ބެޑްމިންޓަން އިވެންޓުގައި ބަލްގޭރިއާގެ ކުޅުންތެރިއެއްގެ މައްޗަށް ކުރި ހޯދައި، ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ މާނިއާ އެވެ. މި މެޗުގެ ސެޓުތައް މާނިއާ ގެންދިޔައީ 19-21 އަދި 10-21 އިންނެވެ.

100 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ ލައިކާ އެވެ.

މިއީ މިފަހަރުގެ ގޭމްސްގައި އެތްލެޓިކްސް އިން ރާއްޖެ އިން ހޯދި ދެވަނަ މެޑަލް އެވެ.

މި ގޭމްސްގައި މީގެކުރިން ރާއްޖޭގެ ޒާނާ އަލީ ޝަރީފް ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ.

މިއަދު ރާއްޖެއިން ހޯދި މި ދެ ރަން މެޑަލް އަކީ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރަން ފެށިފަހުން ރާއްޖޭން ހޯދި ތިންވަނަ ރަން މެޑަލް އެވެ.

ސްޕެޝަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި ރާއްޖެ އިން ބައިވެރިވި ފުރަތަމަ ފަހަރެވެ.