ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރ ޑެނީ ސެބާޔޯސް ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.
އިތުރު ހަތަރު އަހަރު އޭނާ ރެއާލުގައި މަޑުކުރަން ނިންމާފައިވާކަން އެ ކުލަބުން އިއްޔެ އިޢުލާން ކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ރެއާލްގައި މަޑުކުރާނެއެވެ.
ފާއިތުވި ހަތަރު ސީޒަންގައި ރެއާލްގެ ކޮންޓްރެކްޓްގައި ހުރި ސެބާޔޯސް ވަނީ ރެއާލްގެ އިތުރުން އެ ހަތަރު އަހަރުގެ ތެރޭ ލޯން އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ އާސެނަލް އަށް ވެސް ކުޅެފައެވެ. ހަތަރު އަހަރުތެރޭ ސެބާޔޯސް ރެއާލް ސީނިއާ ޓީމަށް ވަނީ 120 މަޗު ކުޅެފައެވެ.
ރެއާލާއިއެކު މިހާތަނަށް އޭނާ ވަނީ ޖުމްލަ އެގާރަ ތައްޓެއް ކާމިޔާބު ކޮށްފައެވެ. އެ ކާމިޔާބީތަކުގެ ތެރޭގައި ޗެމްޕިއަންސް ލީގު ދެފަހަރު، ކްލަބް ވޯލްޑް ކަޕް ތިންފަހަރު، ޔޫރަޕިއަން ސްޕަ ކަޕް ދެފަހަރު، ލަލީގާގެ ތަށި އެއްފަހަރު، ކޮޕަ ޑެލް ރޭގެ ތަށި އެއްފަހަރު އަދި ސްޕެނިޝް ސްޕަ ކަޕް ތަށި ދެފަހަރު ކާމިޔާބު ކޮށްފައެވެ.
ސެބާޔޯސް ވަނީ ސްޕެއިނާއެކު 13 މެޗު ކުޅެ، އެ ގައުމުގެ 19 އަހަރުން ދަށުގެ ޓީމާއި 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!