މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށްދާއިރު، ރިޔާސަތުގައި އިންނަވައި އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުވެރިވާ ކަމަށް ކުރިން ވިދާޅުވިޔަސް މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ.

Ad
rt

މަޖިލިސް ބަލަހައްޓަވަމުން ގެންދެވި ވިލުފުށީ ދާއިރާގެ މެންބަރު ރައީސް ސާލިހު އާ ބައްދަލުކުރެއްވިނަމަވެސް އެބައްދަލު ކުރެއްވުމުން ވެސް މަޖިލިސް ކުރިއަށްގެންދިއުމަށް ފުރުސަތު ލިބިގެން ނުދިޔަކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ އުޒުރަށް ވުރެ ބޮޑަށް ރައްޔިތުންގެ މަސްލަހަތު ހިފަހައްޓްނަ ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ އުޒުރުތަކަށް ވުރެ މާ މަތީ މަސްލަހަތެއް ހިފަހައްޓަން ޖެހޭ ކަމަށާއި އެއީ ރައްޔިތުންގެ މަސްލަހަތަކީ މުޅި ރާއްޖޭގެ މަސްލަހަތު ކަމަށެވެ. އަދި މަޖިލިސް ފެށުމަކީ އެމަނިކުފާނުގެ ވާޖިބެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި ނަޝީދު އިންނަވައި، ފައްޓަވާފައިވަނީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އޮތުމުން މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އުޒުވެރިވާ ކަމަށް ވިދާޅުވެ ޖަލްސާތަކުގެ ރިޔާސަތު އެމަނިކުފާނު ނުބަލަހައްޓަވާ ހަތަރު ޖަލްސާ މެދުކެނޑުމަށް ފަހުގައެވެ.