ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުންއަންނަ ތަޖުރިބާކާރު މިޑްފީލްޑަރ ޓޯނީ ކްރޫސް އެ ޓީމުގައި އެއް އަހަރު މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފިއެވެ.

އައު އެއްބަސްވުމުގެ ދަށުން އުމުރުން 33 އަހަރުގެ ކްރޫސް ރެއާލްގައި އަންނަ ސީޒަންގެ ނިޔަލަށް މަޑުކުރާނެއެވެ. ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުކް ދޫކޮށް ކްރޫސް ރެއާލާއި ގުޅިފައިވަނީ 2014 ވަނަ އަހަރުއެވެ. އޭނާވަނީ ފާއިތުވި ނުވަ ސީޒަންގައި ރެއާލްގެ ޖޯޒީގައި 417 މެޗު ކުޅެފައެވެ.

Ad
rt

ޖަރުމަނުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި އިރު އެ ޓީމްގެ މެދުތެރޭ ކްރޫސް ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. އަދި އެ އަހަރު ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު އެ ކާމިޔާބީގައި ވެސް ކްރޫސްގެ ހިއްސާ ބޮޑެވެ.

ފާއިތުވި ނުވަ ސީޒަންގައި ކްރޫސްވަނީ ރެއާލާއިއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. އަދި ކްލަބް ވޯލްޑް ކަޕް ފަސްފަހަރު، ޔޫރަޕިއަން ސްޕަކަޕް ހަތަރުފަހަރު، ލަލީގާގެ ޗެމްޕިއަންކަން ތިންފަހަރު އަދި ކޮޕަ ޑެލް ރޭ ތަށި ތިންފަހަރު އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.