އަންނަ ސެޕްޓެމްބަރުގެ ފަހުން އެމްޑީޕީ، ރައީސް ސާލިހުގެ ކަސްތޮޅުގައި ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވޯޓާ ބޭސް އިން އެކަށީގެންވާ އަދަދެއް ޑިމޮކްޓެރްސް ނަގާނެ ކަމަށާއި ދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ކާމިޔާބު ކޮށްދެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީ ގައި މިހުންނަވަނީ "ދަ ޑިމޮކްރެޓްސް" ގެ ތެރެއަށް މުޅި އެމްޑީޕީ ގެނައުމަށް ކަމަށާއި އެކަން މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފަހުން ފެންނާނެ ކަމަށެވެ.

އެމްޑީޕީގައި ހުންނަވަން މިހާރު އުނދަގޫވެ ވަޑައިގަންނަވާކަން ފާހަގަކުރައްވާ ނަޝީދު ވަނީ 'ދަ ޑިމޮކްރެޓްސް' ރަޖިސްޓްރީ ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.

އެގޮތުން ސިޔާސީ ޕާޓީއެއް ހެދުމަށް ހުރަސް އަޅަނީ ސަރުކާރުން ފައިދާއެއް ވާނޭ ކަމަށް ކަމަށާއި ނަމަވެސް ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރަން ޑިމޮކްރެޓްސް އިލެކްޝަނަށް ދާން ވެސް ނުޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަކީ ރާއްޖެއަށާއި ސިޔާސީ ޕާޓީތަކަށް އަދި ރައްޔިތުންގެ މަޖިލިހަށް ވެސް މި ވަގުތު ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެ މަނިކުފާނު ވަކިކުރުމަށް 54 މެމްބަރަކު ސޮއިކުރައްވައި، ހުށަހަޅާފައިވާއިރު، އެ މައްސަލާގައި ސޮއިކުރެއްވި ބައެއް މެމްބަރުންގެ މެސެޖުތައް ފޯނުގައި އެބަހުރި ކަމަށާއި އެ މެސެޖުތަކުގައި މައިގަނޑު ގޮތެއްގައި އެ ލިޔުމުގައި ސޮއިކުރެއްވީ ޕްރެޝަރުތަކާއި އެހެން ސަބަބުތައް ކަމަށް އެ މެމްބަރުންނާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވިއެވެ.