ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެބޮޑު އެއްސަބަބެވެ. ރާއްޖޭގެ ގިނަ ހިސާބުތަކުގެ ކަނޑުއަޑީގެ ޗާލު ބަގީޗާތަކަކީ ބަލައި ފޫހިވާނޭ ތަންތަނެއް ނޫނެވެ.
މީގެ ތެރެއިން ވެސް ހދ. ނައިވާދޫގެ ހުޅަނގު ފަރާތުގައި ޑައިވިން ކުރުމަށް އޮންނަ ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅަ ފާހަގަކޮށްލެވެއެވެ.
އެކަން ހާމަވަނީ އެރަށަށް އުފަން އެރަށު ޒަމާނީވިލާ މަންސޫރު އަލީ ގެ މި ވާހަކަތަކުންނެވެ.
އެރަށުގައި ޑައިވް ސެންޓާ އެއް ހުޅުވައި، ވޯޓާ ސްޕޯޓްސް ގެ ޚިދުމަތް ދެމުން އަންނަ އުމުރުން 29 އަހަރުގެ މަންސޫރުގެ މި ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ "ޒުވާން މަސްވެރިޔާ" ގެ ނަމުން މަޝްހޫރު ހަސަން ސާޖިން "އުތުރުން ދެކުނަށް" ނަމުގައި ކުރި ދަތުރުގައި ނަގާފައިވާ ވީޑިއޯ އަކުންނެވެ.
ޓްވިޓާ ގައި ހިއްސާކޮށްފައިވާ ވީޑިއޯ ވާހަކަ ދައްކަމުން މަންސޫރު ބުނީ ނައިވާދޫއަކީ ކުުޑަކުޑަ ރަށެއް ނަމަވެސް ވަރަށް ރީތި ބީޗެއް އޮންނަރަށެއް ކަމަށެވެ. އަދި ދެކޮޅުގައި ބޮޑުސިންގާ ދެ ތުނޑި އޮންނަ ރީތި ރަށެއް ކަމަށެވެ. ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ މިރަށަށް އަންނަން ބޭނުންވާ ފަރާތްތަކަށް އޭނާ ވަނީ އެރަށަށް އަންނަން ޖެހޭ ސަބަބުތައް ވެސް ކިޔައިދީފައެވެ.
އެގޮތުން ފުރަތަމަ ކަމަކީ އެރަށަކީ މަސްތުވާތަކެއްޗާއި ވައްކަން ކުރުން ފަދަ ކަންކަން ނުކުރާ ރަށަކަށް ވުމެވެ. އަދި ފެމިލީ އާއެކީ މޫދަށް އެރި، މަޖާކޮށްލުމަށްލައި، ޕިކްނިކް ހަދައިލަން ވެސް ހިތްގައިމު ރަށަކަށް ވުމެވެ.
މީގެ އިތުރުން ވޯޓާ ސްޕޯޓްސްގެ ތަފާތު އެކި ހަރަކާތްތައް ލިބެންހުރިކަން ފާހަގަކޮށް މަންސޫރު ވަނީ ޑައިވިން ޚިދުމަތް ވެސް ލިބޭނެކަން ފާހަގަކޮށްފައެވެ. އަދި އޯޕަން ވޯޓާ އިން ފެށިގެން ޑައިވް މާސްޓާ އާ ހިސާބަށް ކޯސް ހަަދައިދޭ ކަމަށް ވެސް އޭނާ ބުންޏެވެ.
Posted by Facebook on Thursday, August 27, 2015
މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ އެންމެބޮޑު ކޭވް ނުވަތަ ކަނޑުއަޑީގެ ހޮހަޅަ އޮންނަނީ ވެސް ނައިވާދޫ ހައުސް ރީފް ގައި ކަމަށް ވާތީ، މިއީ ނައިވާދޫއަށް އަންނަންޖެހޭ އެންމެބޮޑު ސަބަބު ކަމަށް މަންސޫރު ފާހަގަކުރިއެވެ.
ނައިވާދޫގެ ހުޅަނގު ފަރާތުގައި ޑައިވިން ކުރުމަށް ވަރަށް ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅަ. 24 މީޓަރު ފުންމިނުގައި އޮންނަ މި ތަނަކީ 10 މީޓަރު އުސް, 15 މީޓަރު ފުން އަދި ފުޅާ މިނުގައި 65 ފޫޓު ހުންނަ ހޮހޮޅައެއް. ރާއްޖެއިން މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު އެއް ކަނޑުއަޑިގެ ހޮހޮޅައަށް… pic.twitter.com/ckikvEhSCX
— Zuvaan Masveriya (@ZuvaanMasveriya) June 14, 2023
24 މީޓަރު ފުންމިނުގައި އޮންނަ މި ތަނަކީ 10 މީޓަރު އުސް, 15 މީޓަރު ފުން އަދި ފުޅާ މިނުގައި 65 ފޫޓު ހުންނަ ހޮހޮޅައެއް ކަމަށް އޭނާ ބުންޏެވެ. ރާއްޖެއިން މިހައިތަނަށް ފެނިފައިވާ އެންމެ ބޮޑު އެއް ކަނޑުއަޑިގެ ހޮހޮޅައަށް މިތަން ވާއިރު, މި ސަރަހައްދަކީ ސޮފްޓް ކޮރަލްގެ ރީތި ފާރެއް ވެސް ހުންނަ އެކި ކަހަލަ ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަހައްދެއްކަން މަންސޫރު ފާހަގަކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!