މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް އެސްޓީއޯއިން މިދިޔަ އަހަރު ކުރިޔަށްގެންދިޔަ "ހެއްޔާ މަކިޓާ މުބާރާތް 2022" ގެ ވަނަ ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ބައިވެރިންނަށް އިނާމު ހަވާލުުކޮށްފައިވަނީ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ހަފްލާއެއްއެއްގައެވެ.
މި ހަފްލާގައި މުބާރާތުން އެއްވަނަ ހޯދި ފަރާތަށް ވަނީ 50،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު ދީފައެވެ. މި މުބާރާތުގެ އެއްވަނަ ހާސިލް ކުރީ ހަސަން ޝާހިދުއެވެ. އޭނާ ތައްޔާރުކޮށްފައިވަނީ ތަފާތު ތަކެތި ހިމެނޭ މަންޒަރެކެވެ.
މުބާރާތުން ދެވަނަ ހޯދާފައިވަނީ އުނދޯއްޔެއް ތައްޔާރުކުރި އަހުމަދު ހުސައިން މަނިކުއެވެ. ދެވަނަ އިނާމްގެ ގޮތުގައި ދީފައިވަނީ 30،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެކެވެ.
ތިންވަނަ ހޯދައި، 15،000 ރުފިޔާގެ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރު ހާސިލްކޮށްފައިވަނީ މުހައްމަދު ރަޝީދުއެވެ. މަކިޓާ ޓޫލްސް ބޭނުންކޮށްގެން އޭނާ ތައްޔާރުކުރީ ޑްރެސިން ޓޭބަލެކެވެ.
މި މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ފަނޑިޔާރުންގެ 70 އިންސައްތަ އާއި އާއްމުންގެ 20 އިންސައްތަ އަދި ހުށަހެޅި ވީޑިއޯއަށް 10 އިންސައްތަ މާކްސް ދީގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!