ނިއު ޒީލެންޑްގެ ރަށެއް ކަމަށް ވާ ވައިޓް އައިލެންޑް ގައި އަލިފާން ފަރުބަދައެއް ގޮވައި 5 މީހުން މަރުވެ އެތައްބަޔަކު ގެއްލިއްޖެކަމަށް އެގައުމުގެ ނޫސްތައް ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު އެގައުމުގެ ގަޑިން 2:11 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުން މި ހާދިސާގައި 20 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.
އެގައުމުގެ ނޫސްތަކުގައި ފުލުހުންނާއި ހަވާލާދީ ބުނެފައިވަނީ ފަރުބަދަ ގޮވަން ފެށިއިރު އެ ތަނުގައި 100 ވަރަކަށް މީހުން ތިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ފަރުބަދަ ގޮވުމާ އެކު ބައެއް މީހުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ވައިޓް އައިިލެންޑަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަކަށް ވާއިރު ވައިޓް އައިލެންޑުގެ ފަރުބަދަ ގޮވުމުގެ ކުރިން ޓޫރިސްޓުން އެ ސަރަހައްދުގައި އުޅުނު ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. މި ސަރަހައްދަކީ ގިނަ އަދަދެއްގެ އަލިފާން ފަރުބަދަ ހުންނަ ސަރަހައްދެއް ކަމަށް ވެސް ރިޕޯޓް ތައް ބުނެއެވެ.
ގެއްލިފައި ވާ މީހުން ހޯދުމަށް ހެލްކޮޕްޓަރު ތަކުގައިވެސް ސިފައިން ހަރަކާތް ތެރިވަމުން ދާ ކަމަށާއި އެހެނިހެން ގޮތްގޮތުންވެސް ސިފައިން ދަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ހަބަރުތައް ބުނެއެވެ.
ވައިޓް އައިލެންޑުގައި 2016 ވަނަ އަހަރު ވެސް ވަނީ އަލިފާން ފަރުބައެއް ގޮވައިފަ އެވެ. ނަމަވެސް އެ ފަހަރު އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!