ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުންދާ ދެ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރުމަށްޓަކައި މީހަކު ހޯދަން އުލާންކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަށްޓަކައި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފައްޓަވާފައިވާ ކަމަށެވެ.

Ad
rt

މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް / ދަޑިމަގު، ބޭރެފީށި، މުޙައްމަދު އަންސާމް އިބްރާހީމް (23އ) އެވެ.

‘’މުޙައްމަދު އަންސާމް އިބްރާހީމް ހޯދަމުންދަނީ ހުޅުމާލޭގައި 2023 މެއި 21 ވަނަ ދުވަހުގެ ވަގުތެއްގައި ބަޔަކު ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށެވެ.’’ ފުލުހުން ވިދާޅުވެފަވެއެވެ.

މުޙައްމަދު އަންސާމް އިބްރާހީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 3035335 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.