ހުޅުމާލެ ފޭސް 2، އެޗް 16 އާ ދިމާ ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޖޫން 6 ވަނަ ދުވަހުގެ 17:56 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، އެޗް 16 އާ ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

Ad
rt

ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން ކަމަށާއި ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށެވެ. އަދި އެއީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށާއި އެމީހާގެ ހަށިގަނޑު މިހާރުވަނީ ގަލޮޅު މޯޗަރީގައި ކަމަށް ވެސް ވިދާޅުވިއެވެ.

އެ އިދާރާ އިން މިހައިތަނަށް ބެލިބެލުމުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށާއި މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރ 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.