ޓެސްލާގެ ހިއްސާގެ އަގު ބޮޑުވުމުން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި އެލޮން މަސްކް އަނެއްކާވެސް ވެއްޖެ އެވެ.
ބްލޫމްބާގް ބިލިއަނަރސް އިންޑެކްސް އިން ދައްކާ ގޮތުގައި ލޮއިސް ވިޓަން ބްރޭންޑްގެ ވެރިޔާ ބާނާޑް އާނޮލްޓް ފަހަތަށް ޖައްސާލުމަށްފަހު އެލޮން މަސްކް އެ މަގާމު ހޯދީ 192 ބިލިއަން ޑޮލަރާ އެކު އެވެ. އާނޮލްޓްގެ ކުންފުނީގެ ހިއްސާ ތިން ޕަސެންޓް ދަށަށް ދިއުމުން އޭނާގެ މިލްކިއްޔާތު މިހާރު ހުރީ 187 ބިލިއަން ޑޮލަރުގަ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު އެލޮން އެންމެ ފުރަތަމަ ޖެނުއަރީ 2021 ގަ އެވެ. އޭގެ ފަހުން އާނޯލްޓް އާއި އެމެޒޯންގެ ބާނީ ޖެފް ބެޒޯސް އާއި އެކު ވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ހޯދުމުގައި އެލޮން ވާދަކުރި އެވެ.
ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އޭނާގެ މުއްސަނދިކަން ބޮޑުވެފައިވާއިރު، ޓެސްލާގެ ހިއްސާގެ އަގު މެއި މަހު %26 މައްޗަށް ގޮސްފައިވެއެވެ. ޓްވިޓާގެ އާ ސީއީއޯގެ މަގާމަށް އާ ބޭފުޅަކު ނެގުމުން އެލޮންގެ ޓެސްލާ ކުންފުންޏަށް އިތުރު ވަގުތު އޭނާ ހޭދަކުރާނެ ކަމަށް ހީކޮށް އިންވެސްޓަރުން އިތުރުވެފައިވެ އެވެ.
މީގެ އިތުރުން މިދިޔަ މަހު އާނޯލްޓްގެ އާމްދަނީ ހަ ޕަސެންޓް ދަށްވެފައިވަނީ ޔޫރަޕްގެ ލަގްޒަރީ ބްރޭންޑްތަކަށް މި އަހަރުގެ ފަހުކޮޅު އެމެރިކާގައި ވިޔަފާރި ދަށްވާނެ ކަމުގެ ބިރު އޮތުމުންނެވެ.
ދުނިޔޭގެ ތިން ވަނައަށް އެންމެ މުއްސަނދި މީހާގެ ލަބަގު އޮތީ 144 ބިލިއަން ޑޮލަރު ހުރިއިރު ބެޒޯސް އަތުގަ އެވެ.
އެންމެ މުއްސަނދިންގެ ގަދަ 10 އެއްގައި އުޅެނީ ބިލް ގޭޓްސް އާއި މައިކްރޯސޮފްޓްގެ ގެ ކުރީގެ ސީއީއޯ ސްޓީވް ބޯލްމާ އާއި ވޮރެން ބަފެޓް، ގޫގުލްގެ ކޯ ފައުންޑަރުން ކަމަށްވާ ލެރީ ޕޭޖް އަދި ސާޖީ ބްރިން އަދި ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!