1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީން ފުރާ ދުވަސްތަކާއި، ހައްޖުވެރިން ފުރުވާލުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާގޮތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޢާންމު ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކުރެއްވި ގޮތުގައި މި އަހަރު ރާއްޖޭގެ ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ފުރާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
މިފަހަރު ޙައްޖާޖީން 6 ފްލައިޓެއްގައި ފުރާ ގޮތައް ތާވަލުކޮށްފައިވާއިރު، އެ ހައްޖާޖީން ފުރާނީ މި ޖޫންމަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު އަދި ޙައްޖުވެރިންގެ ޢަދަދު:
12 ޖޫން 2023 – މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (290 ޙައްޖާޖީން) – 15:10
13 ޖޫން 2023- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 12:50
15 ޖޫން 2023 – އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 19:00
16 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން (290 ޙައްޖާޖީން) – 15:10
16 ޖޫން 2023- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 19:00
19 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ( 290 ޙައްޖާޖީން) – 15:10
އިސްލާމިކް މިނިސްޓްރީން ވިދާޅުވިގޮތުގައި އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ޙައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
މި ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަޖެޓް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
އުމުރުން ދުވަސްވީ އަދި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި، ބަހާހަމައަށް ގެންގޮސްދިނުމާއި، ޙައްޖުވެރިއާއާއި ޢާއިލާގެ ބޭފުޅުންނަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއްދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް މިއަހަރު ވެސް ވަނީ ހަމަޖައްސާފައެވެ.
ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
ބަސް ދަތުރުތަކާއި ފެރީ ދަތުރުތައް ހަމަޖެހިފައިވާގޮތް:
ބަސް ޕޮއިންޓްތައް
މާލެ
ވެސްޓް ޕާކް
ސޯޝަލް ސެންޓަރ
01 ނަންބަރު ފާލަން
ހެންވޭރު ފެރީ ޓާމިނަލް
ހައުސިންގ މިނިސްޓްރީ
ދަރުބާރުގެ
ޒިކުރާ މިސްކިތް
ގަލޮޅު ދަނޑު
ޓޭބަލް ޓެނިސް އެސޯސިއޭޝަން (ހެންވޭރު ދަނޑު ކުރިމަތި)
އޯކިޑް / ފަރީދީ މަގު
ހުޅުމާލެ ފޭސް 1
ނިރޮޅު މަގު
ބަގީޗާ ހިނގުން
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 1
ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 2
ވިލިނގިލި
ފެރީ ޓަރމިނަލް
ސަޢޫދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ދެއްވާފައިވަނީ 1000 ކޯޓާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!