ދިއްލީގައި ހިނގި އަލިފާނުގެ ހާދިސާގައި 43 މީހުން މަރުވެއްޖެ

0F68658E-2D02-4ECF-B732-9864949A0224

އަވައްޓެރި އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ އަނާޖް މަންޑީ ސަރަހައްދުގައި ހުންނަ ކާޑްބޯޑު ފެކްޓަރީއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގާ 43 މީހުން މަރުވެ 50 މީހުންނަށް އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.

އިންޑިއާގެ ހަބަރުތަކަށް ދިއްލީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މައުލޫމާތު ދީފައިވާގޮތުން އަލިފާނުގެ ހާދިސާގައި މަރުވެފައިވާ ގިނަމީހުން ނަކީ އެ ފެކްޓްރީގައި މަސައްކަތް ކުރާ ފަރާތް ތައް ކަމަށާއި މަރުވި ގިނަމީހުން އެވަގުތު ތިބީ ނިިދާފާ ކަމަށް އެފަރާތުން ވަނީ މައުލުމާތު ދީފައެވެ.

ލޯކް ނާޔަކް ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރު ކިޝޯރް ސިންގްއާ ހަވާލާދީ އިންޑިޔާގެ ނިއުސް އެޖެންސީއަކުން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލްގައި ގިނަ ފަރާތްތަކަށް ފަރުވާ ދެމުން ދާކަމަށާއި އެތަނުން ނުވަ ފަރާތަކަށް ފަރުވާ ދެމުންދަނީ އަލިފާނުގެ ސަބަބުން ފިހިފައިވާތީ ކަމަށާއި ބާކީ ތިބި މީހުންނަށް ފަރުވާ ދެނީ ދުމުގެ އަސަރުކޮށްގެން ލިބުނު ގެއްލުމަށް ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ފަތިހު 5 ޖެހިއިރު، ހިނގި މި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް ދިއްލީގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ.

މި ހިތާމަވެރި ހާދިސާގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެ މަރުވެގެން ދިޔަ ފަރާތްތަކުގެ އާއިލާތަކަށް ހަމްދަރްދީ ވާ ކަމަށް ވިދާޅުވެ އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދި ވަނީ ޓްވީޓް ކުރައްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *