•  
  •  
  •  
  •  
  •  
  •  

ދިވެހި ރާއްޖޭގެ އެއްބައިވަންތަ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ރެޑްކުރެސެންޓް ހދ ގޮފީގެ ފަރާތުން ކުޅުދުއްފުށީގައި ބާއްވާ ޔުނިޓީ ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބިބް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަހުގެ26 ވަނަ ދުވަހު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުމަކީ ކުރިމަތިވެދާނެ ކާރިސާއަކަށް ތައްޔާރުވުމަށް ފަންޑު ހޯދުމަށާއި ދުޅަހެޔޮ ސިއްހަތާއި ކަސްރަތުކުރުމަށް ހޭލުންތެރިކުރުން އަދި ކާރިސާއެއް ދިމާވެއްޖެނަމަ ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ހާމަކޮށްދިނުން ބާއްވަމުން އަންނަ ދުވުމެކެވެ.

ދުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިބް ބުކް ކުރުމަށް އެސްއެމްއެސް ކުރަން ޖެހެނީ

UNITY RUN (name) (national ID#) (bib#)to 9906726 އަށެވެ.

ރެޑްކްރެސެންޓް ހދ ގޮފިން ބިބް ވިއްކަން ފަށާފައި އެސްއެމްއެސް ކޮށްފައިވާ ފަރާތްކަށް ގުޅާނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. ރެޑްކްރެސެންޓް ހދ ގޮފިން ކުޅުދުއްފުށީގައި ޔުނިޓީ ރަން ބާއްވަމުން އަންނަތާ މިއީ ހަތަރު ވަނަ އަހަރެވެ.

 

ޚިޔާލު

Your email address will not be published.