ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓެކްސީ ކިއުއިން ނެގި ކާރަކަށް އެރުވި 150،000 ރުފިޔާގެ ސާމާނު، ގެންދަންޖެހޭ ހިސާބަށް ނުގެންދާކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން އެތަކެތި ހޯދައި، ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓެކްސީ ކިއުއިން އިއްޔެ ހަވީރު ނެގި ކާރަކަށް 150،000 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނުތަކެއް އެރުވި ނަމަވެސް އެތަކެތި ވެރިފަރާތަށް ހަވާލުކޮށްފައި ނުވާތީ ހުށަހެޅުނު މައްސަލައެއްގައި އެ ތަކެތި ހޯދާފައި، ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ސާމާނުތައް ހޯދާފައި ވަނީ މާފަންނު ފުލުހުންގެ މަސައްކަތުންނެވެ.
''މާފަންނު ޕޮލިހުން އެތަކެތި ހޯދާފައިވަނީ ސީސީޓީވީ ފުޓޭޖުބަލައި އެ ޓެކްސީ ދެނެގަނެގެން. ކަމެއް ދިމާވާ ހިނދު ވީއެންމެ އަވަހަކަށް އަޅުގަނޑުމެންނަށް ރިޕޯޓުކުރައްވާ.'' ފުލުހުން ވިދާޅުވެފަވެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ދިވެހި ފުލުހުން ތިބޭނީ އެހީތެރިކަން ފޯރުކޮދިނުމުގައި އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައިކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!