އެމްޑަބްލިޔުއެސްސީގެ ކުރީގެ ޗެއާމަން މައުސޫމަކީ ކަންކަމުގައި ހަމަ އާއި އުސޫލުތަކެއްގައި ހިފަހައްޓަވާ ވަރަށް ރަނގަޅު އަހްލާގެއްގެ ބޭފުޅެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
މައުސޫމް ވަނީ މިދިޔަ ހަފްތާގައި ވެރިކަން ހިންގާ އިއްތި ހާދުގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރު ކަމުން ވަކިވެ، އޭނާ އަދާކުރައްވަމުން ގެންދެވި އެމްޑަބްލިޔުއެސްސީގެ ޗެއާމަން ކަމުންނާއި، އެ ކުންފުނީގެ ބޯޑު މެންބަރު ކަމުންނާއި އަދި އެމްޑީޕީގެ މަކުނުދޫ ދާއިރާގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފައެވެ.
މައުސޫމްގެ ވަކިވުމަށްފަހު މީސް މީޑިއާގައި މަކުނުދޫ ދާއިރާގެ މެންބަރު ރާޢީ ވިދާޅުވީ، މައުސޫމަކީ ކަންކަމުގައި ހަމަ އާއި އަދި އުސޫލުތަކެއްގައި ހިފަހައްޓަވާ ވަރަށް ރަނގަޅު އަޙްލާގެއްގެ ބޭފުޅެއް ކަމަށެވެ.
ކުރީގެ މަކުނުދޫ ދާޢިރާގެ ރައީސް އަދި MWSCގެ ޗެއާމަން @amausoom އަކީ ކަންކަމުގައި ހަމަ އާއި އަދި އުސޫލުތަކެއްގައި ހިފަހައްޓަވާ ވަރަށް ރަނގަޅު އަޙްލާގެއްގެ ބޭފުޅެއް، އެމަނިކުފާނާއި އެކު މަސައްކަތް ކުރުމަށް ލިބުނުނީތީ އުފާކުރަން، އަދި އެކިއެކި ކަންކަމުގައި… pic.twitter.com/WCO3TOmuRr
— Mohamed Raee / Makunudhoo Constituency (@Mraee12) May 30, 2023
“އެމަނިކުފާނާއި އެކު މަސައްކަތް ކުރުމަށް ލިބުނުނީތީ އުފާކުރަން، އަދި އެކިއެކި ކަންކަމުގައި އަޅުގަނޑަށް ދެއްވި އިރުޝާދާއި ލަފައާއި އެހީތެރިކަމަށް އިޙްލާސްތެރި ކަމާއި އެކު ޝުކުރު ދަންނަވަން” ރާޢީ ވިދާޅުވެފަވެއެވެ.
މައުސޫމް ވަނީ އޭނާ އަދާކުރެއްވި މަޤާމުތަކުން އިސްތިއުފާ ދެއްވުމަށްފަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރައްވާފައެވެ.
މައުސޫމް ފާހަގަކުރެވެނީ މީހުންނާއި ވަރަށް ގުޅޭ، ގާތް ގުޅުމެއް ބާއްވަވާ، ހިތްހެޔޮ ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!