ކަޝްމީރުގައި އިންޑިއާއިން ބިނާކުރަމުންދާ ދުނިޔޭގެ އެންމެ އުސް ރެއިލްވޭ ބްރިޖް ފެނިފައި ހައިރާންވެއްޖެ ކަމަށް ރާއްޖޭގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ކަޝްމީރުގައި އިންޑިއާއާ ވީ ފަޅީގައި ތަރައްގީ ކުރަމުންދާ ޗެނަބް ބްރިޖަށް މިނިސްޓަރު އަސްލަމް އިސްކޮށް ހުންނަވައިގެން ދާދިފަހުން ވަނީ ޒިޔާރަތް ކުރައްވައިފަ އެވެ.

Ad
rt

އެ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ ނޮދަން ރެއިލްވޭ ކުންފުންޏާ ހަވާލާދީ އިންޑިއާގެ އެންޑީޓީވީ އިން ބުނެފައިވާ ގޮތުން އިންޑިއަން ރެއިލްވޭއިން އެ ގައުމަށް ގެންނަމުންދާ ތަރައްގީއާ މެދު ހައިރާންވާ ކަމަށް އަސްލަމް ވިދާޅުވި ކަމަށެވެ.

ޗެނަބް ބްރިޖަކީ ދުނިޔޭގެ އެންމެ އުސް ރެއިލްވޭ ބްރިޖެވެ. އެއީ ޔޫއެސްބީއާރުއެލް މަޝްރޫއުގެ ދަށުން ޖަމްމޫ އެންޑް ކަޝްމީރުގެ ރެއާސީ ޑިސްޓްރިކްޓްގެ ޗެނަބްގައި ބިނާކުރަމުންދާ ތަނެކެވެ.

ޖަމްމޫ އެންޑް ކަޝްމީރު ސަރަހައްދުގެ ޗެނަބް ކޯރުގެ ގާތްގަނޑަކަށް 109 ފޫޓު މަތީގައި ހަދާފައިވާ ޗެނަބް ރޭލް ބްރިޖްގެ މަސައްކަތް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނުވަތަ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހުޅުވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.