އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާ ކުރައްވަމުން ގެންދެވި މުހައްމަދު އަންސާރު މަގާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން 'ތިލަދުން' އަށް ވިދާޅުވީ ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކިކުރެވިފައި ކަމަށާއި ވަކިވަކި ބޭފުޅުންގެ ނަންތައް ދަންނަވަން ދަތި ކަމަށެވެ.
މިއުވާން ވިދާޅުވީ އެބޭފުޅުން އައްޔަން ކުރެއްވީ އެމްޑީޕީގެ ސްލޮޓިގައި ކަމަށާއި އަދި އޭގެތެރެއިން ބައެއް ބޭފުޅުންނަކީ އެމްޑީޕީގެ ބޭފުޅުން ނޫން ކަމަށް އެ ޕާޓީން އަންގާފައިވާ ކަމަށެވެ.
"ވަކިވަކި ބޭފުޅުންގެ ނަންތައް ދަންނަވަން މިވަގުތު ދަތި. އެކަމަކު ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކިކުރެވިފަ. އެއީ އެ ބޭފުޅުން އައްޔަން ކުރެއްވީ އެމްޑީޕީގެ ސްލޮޓުތަކެއްގަ. އެކަމަކު އެއީ މިހާރު އެމްޑީޕީގެ މެމްބަރުންނެއް ނޫންކަމަށް ވަނީ އަންގާފަ. އެހެންކަމުން ސްލޮޓުތަކުން ވަކިކޮށްދޭން އެމްޑީޕީ އިން އެފދިފައިވާތީ ވަކިކުރީ." މިއުވާން ވިދާޅުވިއެވެ.
އަންސާރު، އެންވަޔަމްރެމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްތަރޔގެ މަގާމަށް އައްޔަން ކޮށްފައިވަނީ އެމްޑީޕީގެ ސްލޮޓެއްގައި ނަމަވެސް އޭނާ މިހާރުވަނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފެއްދި، "ދަ ޑޮމޮކްރޭޓްސް" އަށް ސޮއިކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!