ފޯއްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގައި، އެ އެކްސިޑެންޓްގައި އަނިޔާ ލިބުނު ދެ ޒުވާނަކަށް ފުވާދޭން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މަޢުލޫމާތު ރޭ 23:25 ހާއިރު އެ އިދާރާއަށް ލިބިފައިވެއެވެ.

Ad
rt

މި އެކްސިޑެންޓަކީ ދެ ސައިލް މުޑިއަރައިގެން ހިނގި އެކްސިޑެންޓެކެވެ.

މި އެކްސިޑެންޓްގައި އުމުރުން 18 އަހަރޔެ ޒުވާނަކަށާއި 19 އަހަރުގެ ޒުވާނަކަށް އަނިޔާލިބިފައިވާއިރު، މި ދެ ޒުވާނުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާގައި އަނިޔާވެފައިވާ ދެ މީހުންނަކީ ވެސް ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ ބަޔެކެވެ.

ފުލުހުން ވިދާޅުވިގޮތުގައި، އެ އިދާރާއިން އަންނަނީ މި މައްސަލަ ތަޙްޤީގުކުރައްވަމުންނެވެ.