ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް 15 ޤައުމެއްގެ އިލެކްޝަން ކޮމިޝަންތަކަށް ދައުވަތު ދީފިއެވެ.
މިކަން ހާމަކުރެއްވީ، ރާއްޖޭގެ އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެވެ.
ހަބީބު މިއަދު ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރުމަށް، 15 ގައުމެއްގެ އިލެކްޝަންސް އިދާރާތަކަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާ ގައި ރަސްމީކޮށް ދައުވަތު ފޮނުވާފަވާކަމަށެވެ.
ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރުމަށް، 15 ގައުމެއްގެ އިލެކްޝަންސް އިދާރާއަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާ ގައި ރަސްމީކޮށް ދައުވަތު ފޮނުވައިފި. @ElectionsMv @mvpeoplesmajlis @MoFAmv pic.twitter.com/mwglr0yaqQ
— Ismail Habeeb (@IsmailHabeeb) May 27, 2023
އީސީން އަންނަ ރިޔާސީ އިންތިޚާބު ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރުމަށް، 15 ގައުމެއްގެ އިލެކްޝަންސް އިދާރާތަކަށް އީސީން ދައުވަތު ދިންއިރު، ސެޕްޓެމްބަރުގައި އޮންނަ އިންތިހާބުގައި 144،408 ފިރިހެނުންނާއި 138،347 އަންހެނުންނަށް ވޯޓުލެވޭނެ ކަމަށް މިހާރު އާންމު ކޮށްފައިވާ ވޯޓާސް ލިސްޓުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!