ގދ. ތިނަދޫ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ޙާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 11:30 ހާއިރުއެވެ.
އެ ބޯޓުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާއިރު، މި އަލިފާން ނިއްވާލީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުންނެވެ.
މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!