ވައިކަރަމުރައިދޫ ބޭރުން އިހިނަގަން އުޅެނިކޮން ގެއްލުނު ދެމީހުން ހޯދައިފި ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެންއެންޑީއެފްއިން ބުނީ ވައިކަރަމުރައިދޫ ގެ ދެކުނު ފަރާތަށް އިހިނަގަށް، ފުޅި އަޅައިގެން ފީނަށް ފޭބި ދިވެހި 2 ފިރިހެނުން ގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ނޯދާން އޭރިޔާ ކޯސްޑް ގާޑް ސްކައުޑްގެ ޑައިވަރުން ހަރަކައިތެރިވެފައިވާކަމަށެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޑްގާޑް މެރިޓައިން ކޯސްގާޑް ސެންޓަރއަށްއަށް ލިބިފައި ވަނީ މިއަދު 13.46 ހާއިރުކަމަށާސި މައުލޫމާތު ލިބިފައި ވާގޮތުގައި މި 2 މީހުން ފީނަށް ފައިބައިފައިވަނީ މިއަދު 11.45ކަމަށް އެފަރާތުން ބުނެއެވެ.
އެމްއެންޑީއެފްއިން ބުނީ އެމީހުން ފެނިފައިވަނީ ފަރުމަތީ ތިއްބާ ދޯނީގެ މީހުންނަށް ކަމަށާއި އެދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް ބުނެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދޯންޏަކީ ވައިކަރަދޫ ދޯންޏެކެވެ. މިހާދިސާގައި ގެއްލިފައިވަނީ ވައިކަރަދޫ މީހުންނެއް ނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!