ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި އިން މީހަކު ރޭ ފިލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި އިންދާ މީހަކު ފިލާފައިވާ ކަމަށެވެ.
އެ މީހާ ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރީ ރޭގައެވެ. އަދި ޕޮލިސް ސްޓޭޝަނުން އޭނާ ފިލާފައި ވަނީ 12:57 ހާއިރުއެވެ.
''އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން'' ފުލުހުން ވިދާޅުވިއެވެ.
ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި އިން މީހަކު ރޭ ފިލިއިރު، މި މަހުގެ 6 ވަނަ ދުވަހު ވެސް ވަނީ މިފަދަ ކަމެއް ހިނގާފައެވެ. އެފަހަރު ފިލާފައި ވަނީ އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުރި މީހެކެވެ. އެ މީހާ ފެނުނީ ރަސްދޫ ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!