އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ސެމީ ފައިނަލަށް ޓީމްތަށް ދަތުރުކޮށްފި އެވެ.

އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ސެމީ ފައިނަލަށް ދިޔަ ޓީމްތަށް ކަށަވަރީ ހުކުރު ދުވަހުގެ ރޭ ކުޅެވުނު ކުއާޓާރ ފައިނަލްގެ މެޗްތަކަށް ފަހުގައެވެ. އެގޮތުން ވިއޯރާ ސިޓީ ސެމީ ފައިނަލް ކަށަވަރުކުރީ ކުއާޓާރ ފައިނަލްގެ ފުރަތަމަ މެޗުގައި ވިއޯރިއަންސްގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. އަދި ސްޓާރ ފޯސް ސެމީ ފައިނަލް ކަށަޗަރުކުރީ ކުއާޓާރ ފައިނަލްގެ ދެވަނަ މެޗްގައި ޔަންގް ސްޓާރގެ މައްޗަށް ކުރިހޯދައިގެންނެވެ. ސެމީފައިނަލްގެ ހަތަރުވަނަ ޖާގަ ހޯދީ ފޯރިގަދަ ކުޅުމަކަށްފަހު ކެޕިޓަލް ސިޓީ އެވެ. މީގެ އިތުރުން ސެމީ ފައިނަލްގެ ފުރުތަމަ ޖާގަ ކަށަވަރުކުރި ޓީމަކީ ސޫރިޔާ ސްޕޯޓްސްއެވެ. ސޫރިޔާ ސްޕޯޓްސް ސެމީގެ ފުރުތަމަ ޖާގަ ކަށަވަރުކުރީ ގްރޫޕް ސްޓޭގެ އެންމެ ނަތީޖާ ރަނގަޅު ޓީމްގެ ގޮތުގައެވެ.

މި މުބާރާތުގެ ސެމީފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ 7 ޑިސެމްބަރ ގައި ބާރަށް ފުޓްސަލް ދަނޑުގައެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ސޫރިޔާ ސްޕޯޓްސް އާއި ވިއޯރާ ސިޓީއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލު ކުރާނީ ސްޓާރ ފޯސް އާއި ކެޕިޓަލް ސިޓީއެވެ.
ޑިސެމްބަރ އެކަކުން ނުވަޔަކަށް ބާރަށު ފުޓްސެލްދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވާދަކުރެއެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ އެޓޯލް ޓްރާންސްފަރއެވެ. އަދި ކޯ ސްޕޮންސަރއަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ކަމަށްވާއިރު، މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ ތިލަދުންނެވެ.

މިމިބާރާތުގެ ކުރިއަށް އޮތް މެޗްތައް އެލަޔަންސްގެ ފޭސްބުކް ޕޭޖްއިން ލައިވް ކުރާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!