އެއް ސައިކަލަކަށް ހަަތަރު މީހުން އަރައިގެން ދުއްވަނިކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން އެމީހުން ހުއްޓުވައިފިއެވެ.
އެ އިދާރާއިން ވިދާޅުވީ، ދެ މީހުންނަށްވުރެ ގިނަ މީހުން ސައިކަލަށް އަރުވައިގެން ދުއްވަމުންދިޔަ މީހަކު ފުލުހުން މިއަދު ހިފަހައްޓާފައިވާ ކަމަށެވެ.
ސައިކަލް ދުއްވި ބިދޭސީ މީހާއާއިމެދުު ޓްރެފިކް ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން އެ ބިދޭސީ މީހާ ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޖޫރުމަނާ ކުރީ ކިހާ އަދަދަކުން ކަމެއް ހާމައެއް ނުކުރައްވައެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯ އިން ފެންނަގޮތުގައި އެ ސައިކަލުގައި ބޮޑު ދެ މީހުންނާއި ކުޑަ ދެ ކުދިން ތިއްބެވެ. އެމީހުން ސައިކަލު ދުއްވާފައިވަނީ މާލޭގެ މަޖީދީމަގުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!