ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ މަޖިލީހުގެ ކަލަންޑަރުގައިވާގޮތުން ޖަލްސާތައް އޮންނަނީ އަހަރަކު 3 ދައުރަށް ބަހާލައިގެންނެވެ. މި އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ގެންގޮސްފައި ވަނީ ފެބްރުއަރީ 6 އިން އޭޕްރިލް 25 އަށެވެ.

Ad
rt

މަޖިލީހުގެ ފުރަތަމަ ދައުރުގައި އަލަށް 11 ބިލެއް ހުށަހަޅާފައިވެއެވެ.

އެއަށްފަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށްފަހު ދެވަނަ ދައުރު ފަށަން ކަލަންޑަރުގައި އޮތީ މިމަހުގެ 16 ނަމަވެސް މަޖިލީހުގެ އިދާރާއިން މިއަދު ވިދާޅުވެފައި ވަނީ މި ދައުރު ފަށާނީ މިމަހުގެ 18 ގައެވެ. މަޖިލިސް ކަލަންޑަރުގައި މި ދައުރުގެ ފަހު ޖަލްސާ އޮންނާނެ ތާރީޚެއްކަމަށް ހިމަނާފައި ވަނީ ޖޫން 20 ގައެވެ.

ތިންވަނަ ދައުރު ފަށަން ނިންމާފައި ވަނީ ސެޕްޓެމްބަރު 1 ގައެވެ. މި ދައުރު ނިންމަން ހިމަނާފައި ވަނީ ނޮވެމްބަރު 28 ގައެވެ.