ހިޔާ ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތަށް ލުއި ދިނަސް މެއިންޓެނަންސް ފީއަށް ބަދަލެއް ނާންނާނެ ކަމަށް އާބަންކޯ އިން ބުނެފިއެވެ.

ހިޔާ ފްލެޓުގެ ކުއްޔަށް ބަދަލުތަކެއް ގެނެސް އެކަން އިއުލާނު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ކުއްޔަށް ލުޔެއް ދިން ކަމުގައިވިޔަސް މެއިންޓަނަންސް ފީއަށް ކުރިން ނަގަމުން ދިޔަގޮތަށް 1000 ރުފިޔާ ނަގަމުން ގެންދާނެ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ މިވަގުތު ހިޔާ ފްލެޓްތަކުގެ މެއިންޓަނެންސް އާބަންކޯއިން ބެލެހެއްޓި ނަމަވެސް ގާނޫނަށް އަންނަ ބަދަލާއެކު މެއިންޓަނެންސް ބެލެހެއްޓުމުގެ ކަންކަން ކުރަން ޖެހޭނީ އެކަމަށް އުފައްދާ ސޮސައިޓީން ކަމަށެވެ.

އެހެންވެ، މެއިންޓަނެންސް ފީއަކީ މުސްތަގުބަލުގައި އެތަނުގެ ސޮސައިޓީއަށް ލިބިގެންދާނެ ފީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް އަހަރަށް ހިޔާ ފްލެޓުތަކަށް އަގު ދައްކަން ޖެހޭ މުއްދަތު 25 އަހަރުން 27 އަހަރަށް މިއަދު ވަނީ އިތުރުކޮށް ދީފައެވެ.

ސަރުކާރުން، މި ގެނައި ބަދަލާއެކު ދެން ކުލި ދައްކާ ޚަލާސް ކުރަން ޖެހޭނީ 32 އަހަރުންނެވެ. އަދި އެމުއްދަތުގައި ކުލީގެ ގޮތުގައި 5300 ރުފިޔާ އާއި މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1000 ރުފިޔާ އާ އެކު ދައްކަން ޖެހޭ ޖުމްލަ އަކީ 6500 ރުފިޔާއެވެ.