އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ރޭޑިއޯ މާކެޓިންގ ކެމްޕޭނެއް ފަށައިފިއެވެ.
މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ފެށި ކެމްޕޭނެކެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މި ކެމްޕޭނަކީ މިއަހަރުގެ އޭޕްރީލް އަދި މެއި މަހު ކުރިއަށްދާ ކެމްޕޭނެއް ކަމަށާއި މަގުސަދަކީ ދުނިޔޭގެ އެންމެ ދުވަސްވީ އެއް މާކެޓިންގ ޕްލެޓްޕޯމްކަމަށްވާ ރޭޑިއޯ މެދުވެރިކޮށް ރާއްޖެގެ ޑެސްޓިނޭޝަން ޕްރެޒެންސް ދެމެހެއްޓުން ކަމަށެވެ.
މި ކެމްޕޭން ކުރިއަށްދަނީ ދެ މަރުހަލާއަކަށް ބަހާލައިގެން، 10 ސިޓީއަކަށް ޓާގެޓްކޮށްގެން ކަމަށާއި ފުރަތަމަ މަރުހަލާގައި ހިމެނެނީ ހައިދަރުއާބާދު، ބެންގަލޫރު، ޗެންނާއީ، ކޮޗިން، އަދި ޓްރިވެންޑްރަމް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ދެވަނަ މަރުހަލާގައި ހިމެނެނީ ދިއްލީ، މުމްބާއީ، އަހުމަދުއާބާދު، ޗަންދީގަރު އަދި އަމްރިތުސާރު ކަމަށް ވެސް ބުނެއެވެ.
މި ކެމްޕެއިން ކުރިއަށް ގެންދާނީ ރޭޑިއޯ މިރްޗީ، ރެޑް އެފްއެމް، ސޫރިޔާ އެފްއެމް، ރޭޑިއޯ މެންގޯ އަދި މައި އެފްއެމް ފަދަ ބޮޑެތި ރޭޑިއޯ ސްޓޭޝަންތަކުން ކަމަށާއި މި ކެމްޕޭން ކުރިއަށް ގެންދާނީ 18 އަހަރާއި 50 އަހަރުގެ މީހުންނަށް އަމާޒުކޮށް ކަމަށް ވެސް ބުނެއެވެ. އަދި އޭގެ ތެރޭގައި އިންޑިޕެންޑެންޓް ދަތުރުވެރިންނާއި، ޓްރެވަލް ޓްރޭޑް ސްޓޭކްހޯލްޑަރުން ފަދަ ފަރާތްތައް ހިމެނޭ ކަމަށް ވެސް ބުނެއެވެ.
އެ ކުންފުނިން އިތުރަށް ބުނީ މި ކެމްޕެއިންގެ ތެރޭގައި ހާއްސަ ރެފްލްއެއް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށާއި މި ރެފްލްގައި ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި ރެފްލް ސްޕޮންސަރ ކޮށްފައިވަނީ މެދުފުށި އައިލެންޑް ރިސޯޓާއި އަދާރަން ޕްރެސްޓިޖް ވާދޫ އާއި ރިއު ހޮޓެލްސް އެންޑް ރިސޯޓްސް އިން ކަމަށް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!