އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިގޮތުގައި އީސީގެ މެންބަރުކަމަށް ހުޅުވާލީ އެ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 މޭ 17 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރު 13:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މި ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
އީސީގެ ރައީސްގެ ގޮތުގައި ހުންނަވަނީ ފުވާދު ތައުފީގެވެ. ނައިބު ރައީސަކީ އިސްމާޢީލް ހަބީބެވެ. މެންބަރުންގެ ގޮތުގައި ތިއްބަވަނީ ޢަލީ ނަޝާތު، ޑރ. މުޙައްމަދު ޒާހިރު އަދި މުހައްމަދު އާސިފްއެވެ. ހަމަވަނީ ނަޝާތުގެ މެންބަރުކަމުގެ މުއްދަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!