ދޮން ދަރިއާ ބެހުނު ދެ މީހަކު ދިގު މުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޏ. ފުވައްމުލަކު މީހަކާއި ވ. ތިނަދޫ މީހެއްގެ މައްޗަށް ވަކިވަކިން ހުކުމް އިއްވީ އެ ދެ މީހުން އެ މީހުންގެ ދޮން ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލާގަ އެވެ. ފުވައްމުލަކު މީހާ އޭނާގެ ދޮން ދަރިއާ ބެހުނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު އެވެ.
ފުވައްމުލަކު މީހާގެ މައްޗަށް މިދިޔަ މަހުގެ ފަހުކޮޅު އިއްވީ 16 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ އުމުރުން ވަރަށް ހަގު ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާތީ އެވެ. އަދި އެ ކުއްޖާގެ ގައިގައި ޖަހާފައިވާތީ ދެ މަހާއި ތިން މަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.
ތިނަދޫ މީހާ އޭނާގެ ދޮން ދަރިއާ ބެހުނީ 2018 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އޭނާގެ މައްޗަށް މިދިޔަ ހަފުތާގައި އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އެއް މަހުގެ އިތުރު ޖަލު ހުކުމެއް ވެސް އިއްވި އެވެ.
މި ދެ މައްސަލަ ވެސް ބެއްލެވީ ގާޒީ އަލީ ނަދީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!